ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ފައިސާގެ އިނާމެއް

އެގޮތުން، އެކަމާ ގުޅޭ ގޮތުން ދިރާސާ ކުރުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކު ކުރުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ކަމާބެހޭ ވަޒީރުންނަށް މި ހަފްތާގެ ކެބިނެޓް ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމެއް ދިނުމުގެ މަޝްވަރާތައް ސަރުކާރުން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ފައިސާގެ އިނާމެއް ޖަމާކުރުމަށް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.އެގޮތުން، އެކަމާ ގުޅޭ ގޮތުން ދިރާސާ ކުރުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކު ކުރުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ކަމާބެހޭ ވަޒީރުންނަށް މި ހަފްތާގެ ކެބިނެޓް ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ.ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ގެންނަން، ޖެނުއަރީ 01، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި އަދި އުފަންވަމުންދާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރަން، ގާނޫނު ވެސް ވަނީ މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކޮށްފައިވާ ބިލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.މީގެއިތުރުން، މި ބިލު މެދުވެރިކޮށް، ސަރުކާރުން މިހާރު ވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ އާއި އެހެނިހެން އާލާތްތައް ވެސް މަނާކޮށްފަ އެވެ. އޭގެ މާނައަކީ، ރޯލްޑް ޓޮބޭކޯ ނުވަތަ ސިނގިރޭޓު އޮޅަން ބޭނުންކުރާ އާލާތްތައް ވެސް މި ބިލު ގާނޫނަކަށް ވުމުން މަނާވާނެ ކަމެވެ.މި ބިލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ