ގަމަށް އިތުރު ފްލައިޓްތައް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން – ޠާރިޤް ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަންގައިދިނުމަށް ފޯރަމެއް ބާއްވައިފި ފަތުރުވެރިކަމުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުން

ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރުމަށް ޚާއްޞަ ރަށްތަކެއް ސަރުކާރުން ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ
ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓަކުންނެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި، ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އާއި އަދާކުރާ މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަ ކޮށްގެން ރަށްތަކެއް ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާނު ކުރައްވަވަމުން ރައީސް ވިދާޅުވީ މިހާރުގެ އަމާޒަކީ ހަލާލް ޓޫރިޒަމްގައި ވެސް އެ ފެންވަރުގައި ގުނާލެވޭ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ. އަދި މިކަމުގެ ތެރެއިން، އިންވެސްޓަރުންނަށް ބޮޑެތި އިނާޔަތްތަކާއި ލުއިތަކެއް ލިބޭ ކަމަށާއި މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމުގައި ލިބޭނެ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ