މިއަދު ވިއްސާރަކުރިޔަސް އީދަށް މޫސުން ރަނގަޅުވާނެ!
މިހާރު ރާޢްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވެ އީދަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ވައި ވެސް ގަދަވާނެ ކަމަށެވެ. "ކަނޑުތައް ވެސް ގަދަވާނެ. މާދަމާ ވެސް އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ. ހާޢްސަކޮށް މެދުރާއްޖެ ތެރެއާ އުތުރަށް ވައިގަދަވެ ކަނޑުގަދަވާނެ. އެކަމަކު އީދަށް ވިއްސާރަ އަލިވާނެ،" މެޓުން ބުންޏެވެ. މެޓުން ބުނީ އީދު ބަންދުގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށްބަލާ އިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އެވެ. ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓުގާޑުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ