ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ހަމަލާ ބަދަލުކުރަން ފެށުމާ އެކު ޕާކިސްތާނުގައި ކިޔަވަން ގޮސް އުޅޭ ދިވެހި ދަރިވަރުން އަނބުރާ ރާއްޖެއަށް ގެނައުމަށް އެދި އާއިލާތަކުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ދަރިވަރުންގެ ހާލު އެ ގައުމުގައި ހުންނަ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.އެ ގައުމުގައި ހުންނަ ހައި ކޮމިޝަނާ ހަވާލާދީ މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި ހިނގަމުންދާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ހާލަތު ގޯސްވާނަމަ އެހީވާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ."ޕާކިސްތާނުގެ މަސްރަހު މިހާރަށް ވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފަ އެވެ.ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143‬‬‬‬‬‬‬‬ +މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ