ރާއްޖޭގައި އިހުސާސް ކުރެވޭ ހޫނުމިން މައްޗަށްދާން ފަށައިފި

"ދުވާލުގެ އެންމެ ހޫނު ގަދަވާނީ އާންމު ގޮތެއްގައި މެންދުރުފަހު 1 އާއި 2އާ ދެމެދު. ނަމަވެސް ވިލާ ހުންނަ ގޮތުން މިގަޑިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވޭ،" މެޓުން ބުންޏެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިދުވަސްވަރު ރާއްޖެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދާން ފަށައިފި އެވެ.
ރާއްޖެ ސަރަހައްދަށް އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ ވަނީ މާޗް އަދި އޭޕްރީލް މަހު އެވެ. އަހަރުތެރޭގައި ފިނިހޫނުމިނުގައި މާބޮޑު ތަފާތުތަކެއް ފާހަގަނުކުރެވުނަސް، މުޅި ރާއްޖެއަށް އެންމެ ހޫނު ގަދަ ވަނީ އެޕްރީލް މަހު އެވެ.މެޓް އޮފީހުން ބުނީ، މާޗް މަހުގެ މެދުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގައި ވައި މަޑުވުމާއި، އަދި ސީދާ ރާއްޖެއާ ދިމާ މަތީގައި އިރު ހުރުމާއި އަދި، ވިލާ މަދުވުމުގެ ސަބަބުން ތެތް ހޫނުވައި ގިނަ ވަގުތު ދައުރުނުވެ އެއް ސަރަހައްދެއްގައި މަޑުޖެހޭ ކަމަށެވެ. އޭގެ ސަބަބުން ހީޓް އިންޑެކްސް މަތިވެ އެވެ. އެއީ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑު ފިނިކުރުމަށްޓަކައި ބޭނުންވާ ދާހިއްލުމަށް ދަތިވެ، ވައިގެ އަސްލު ހޫނުމިނަށްވުރެވެސް އިތުރަށް ހޫނުކަން އިހުސާސް ކުރެވުން ކަމަށް މެޓުން ބުންޏެވެ. އިހުސާސް ކުރެވޭ ހޫނުމިނަކީ ވައިގެ އަސްލު ހޫނުމިނާއި، ވައިގެ ތެތްކަން އަދި ވައި ޖެހޭ ބާރުމިނަށް ވަލައި ހިސާބު ކުރާ އަދަދެކެވެ. ވިދިވިދިގެން ގިނަ ދުވަހު ހީޓް އިންޑެކްސް މަތިނަމަ "ހީޓް ސްޓްރެސް"އޭ ކިޔާ ހާލަތު މެދުވެރިވެ، ގަދަ ހޫނަށް ހަށިގަނޑު ބަރުދާސްތީ ގާބިލުކަން ކުޑަވަމުންދާނެ ކަމަށް ވެސް މެޓުން ބުންޏެވެ."ދުވާލުގެ އެންމެ ހޫނު ގަދަވާނީ އާންމު ގޮތެއްގައި މެންދުރުފަހު 1 އާއި 2އާ ދެމެދު. ނަމަވެސް ވިލާ ހުންނަ ގޮތުން މިގަޑިއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވޭ،" މެޓުން ބުންޏެވެ.ރާއްޖޭގެ ފިނިހޫނުމިން މިދުވަސްކޮޅު ހުރީ ގާތްގަނޑަކަށް 31 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސް އިން މަތީގަ އެވެ. މިދުވަސްކޮޅު ދުވަހެއް ދުވަހަށްވުރެ ހޫނުމިން ދާނީ މަތިވަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ