ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
މިދިޔަ މަހުގެ 26 އިން ފެށިގެން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންގެ ލީޑަޝިޕްގެ ދަށުން ފުރަތަމަ ފަހަރަށް ފުލުހުންގެ ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިން މިއަދު ބަދަލުކޮށްފި އެވެ.މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ޑިޕާޓްމަންޓްތަކާއި ވެރިންގެ ގޮތުގައި ކަނޑައެޅި އޮފިސަރުންނަކީ:އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދުޑްރަގް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމްގޭންގް ކްރައިމް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހުކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދުތިލަމާލެ ޕޮލިސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުޓްރެފިކް ޕޮލިސް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އިމްރާންސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅުކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވެލޮޕްމަންޓް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމްޕްރޮޓެކްޓިވް ސެކިއުރިޓީ - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިންފުލުހުން ބުނި ގޮތުގައި އެ ބަދަލުތައް ގެނައީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުންނެވެ.މިފަހުން މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާ މައްސަލަ ހޫނުވެ ފުލުސް ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭނާ އިސްތިއުފާ ދެއްވުމާ ވިދިގެން އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އިސްމާއިލް ނަވީން ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ