މެޗުގައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑު ނެގުނީ މެޗު ނިމެން އެންމެ ތިން މިނިޓަށް ވެފައިވަނިކޮށެވެ. ދެވަނަ ހާފުގައި އިންޓަ މިލާނުން ޖެހި ދެ ލަނޑަށް ރައްދުދޭން ދެވަނަ ހާފުގައި ބާސެލޯނާ ކުޅެގަތީ މޮޅަށެވެ. އެ ބާރު މިނުގައި ގޮސް 87 ވަނަ މިނިޓްގައި ރަފީނިއާ ލަނޑު ޖަހައި، ބާސެލޯނާއަށް 3-2 އިން ކުރި ހޯދައިދިނެވެ.
އެއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގު، އިންޓަގެ އަމިއްލަ ދަނޑުގައި ކާމިޔާބުކޮށް ބާސެލޯނާ ފައިނަލަށް ދަނީކަން ގާތްގަނޑަކަށް ޔަގީންވި ވަގުތުކޮޅެކެވެ. ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި ކުޅެ ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
މި ވަރުގަދަ ވާދަވެރިކަމުގައި އިންޓައިން ތަންފުކެއް ވެސް ދޫނުދީ ކުރި ހިތްވަރުގެ ނަތީޖާއަކީ 93 ވަނަ މިނިޓްގައި 37 އަހަރުގެ ފްރާންސެސްކޯ އަސާބީ ލަނޑު ޖަހައި 3-3އިން އެއްވަރުކުރުމެވެ. ދެން ދިޔައީ އިތުރު ވަގުތުގެ ދެވަނަ ހާފަށެވެ.
އިންޓައަށް 4-3އިން ކުރި ހޯދައިދިނީ 79ވަނަ މިނިޓްގައި ކުޅެން ނުކުތް ޑޭވިޑް ފްރަޓެސީ އެވެ. މި ލަނޑާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިންޓަ އެ ދިޔައީ ތިން އަހަރުގެ ތެރޭ ދެވަނަ ފަހަރަށެވެ.
ބާސެލޯނާގެ ފުނޑުފުނޑުވީ 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދާން ކުރި އުއްމީދެވެ.
މިއީ ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގެ އާދަޔާ ހިލާފު މެޗުތަކުގެ ތެރެއިން މެޗެކެވެ. ދެ މެޗުގައި ޖުމްލަ 13 ލަނޑު ފެނުނެވެ.
ޖަރުމަނުގެ މިޔުނިކްގައި 31 މޭގައި އޮންނަ ފައިނަލްގައި އިންޓަ މިލާން ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލްގެ ދެވަނަ ލެގު ނިމުމުންނެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުޅޭ މި މެޗަށް އާސެނަލްއާ ދެކޮޅަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ނުކުންނަ އިރު ލަންޑަންގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީ ކާމިޔާބުކޮށްފައި ވަނީ 1-0 އިންނެވެ.
ހަތް ލަނޑުގެ ވަރުގަދަ މެޗެއް، ބާސެލޯނާ ބަލިކޮށް އިންޓަ މިލާން ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ