ހެންވޭރު ގެއެއްގެ ފާހާނާއިން ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ ހެންވޭރު ގެއެއްގެ ފާހާނާގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ދެންމެ ބުނި ގޮތުގައި، އެ މީހާ ފެނުނީ އެ ގޭގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ފާހާނާއަކުންނެވެ.
އެއީ، ފުލުހުން ބުނި ގޮތުގައި، އަބްދުﷲ މުފީދު، 46، ގ. ލަންކާ އެވެ.
"ފުލުހުން ދަނީ [އެ ތަނުގައި] ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - މި އަހަރު ކުރީކޮޅު ވެސް ވީ ގޮތެއް ނޭނގި މަރުވެފައި ތިބި ބަޔަކު މާލޭން ފެނިފައިވެ އެވެ. މިގޮތަށް މަރުވެފައި ތިއްބާ ހަ މީހުން މީގެ ކުރިން ފެނިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ