ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ރިޔާސީ ކޮމިޝަނާ ހިއްސާކުރެވޭނެ ޕޯޓަލެއް ހަދައިފި

ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ މައުލޫމާތު ހިއްސާކުރެވޭނެ ޕޯޓަލްއެއް، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން އުފައްދައި، ލައިވްކޮށްފި އެވެ.މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.އެ ކޮމިޝަނުން މިއަދު އެކްސްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް، (ފޮޓޯ، ވީޑިއޯ ނުވަތަ އެ ނޫން ވެސް މައުލޫމާތެއް) ހިއްސާ ކުރަން ބޭނުންވާނަމަ، ނުވަތަ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލެއް ކުރަން ބޭނުންވާނަމަ، އެ ކަމަށް ޚާއްސަކޮށްގެން ހަދާފައިވާ ޕޯޓަލް މެދިވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.ޔުމްނުގެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމާ އެކު، އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ މި ކޮމިޝަަނަކީ މަސައްކަތް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ގޮތަށް އުފައްދާފައިވާ ކޮމިޝަނެކެވެ. ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގައި ތިއްބެވީ؛- ކުރީގެ ބަންޑާރަ ނައިބު، ގ. ހަސަންކާރި ޑރ. މުހައްމަދު މުނައްވަރު (ކޮމިޝަންގެ ރައީސް)- ވ. އަލްމާން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު- ދަފުތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު- ތ. ވޭމަންޑޫ، މޫނިމާގެ، ޖަބީން މުހައްމަދު- ހ. ރަބަރުގެ، އާމިނަތު އީނާސްއެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ޗެއާ މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަގްސަދު ސާފު ނުވިޔަސް އަމާޒަކީ އިންސާފަށް ވާސިލްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ