މީދޫއާއި މަޑުއްވަރީގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ދެ ޖަނެރޭޓަރު ފޮނުވައިފި

މީދޫގައި މިހާރު ބޭނުންކުރަމުންދަނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 500 އަދި 300 ކިލޯވޮޓްގެ ޖަނަރޭޓަރުތަކެކެވެ. ނަމަވެސް މީގެތެރެއިން ކުޑަ ދެ ޖަނަރޭޓަރު އެކަށީގެންވާގޮތެއްގައި ބޭނުން ނުކުރެވޭކަމަށް އެ ރަށު ކައުންސިލުން ފާހަގަކުރެއެވެ. އެހެންކަމުން އަލަށް ލިބުނު 1 މެގަވޮޓްގެ ޖަނަރޭޓަރާއެކު އެރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ޔަގީންވެގެން ދާނެކަމަށް މީދޫ ކައުންސިލުން ބުނެއެވެ. އޭގެ އިތުރުން ރ.މަޑުއްވަރީގެ ކަރަންޓު އަޕްގްރޭޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެރަށަށްވަނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވާފައެވެ. މަޑުއްވަރީ ކައުންސިލުން ބުނެފައިވަނީ އެރަށުގައި ޢިމާރާތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ 3 ޖަނަރޭޓަރުގެ ތެރެއިން 500 މެގަވޮޓް އަދި 400 މެގަވޮޓްގެ 2 ޖެނެރޭޓަރު ދުވަސްވެ ބާވުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން ދެން ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ސަރވިސްކުރުމާއި އޮވަރހޯލްކުރުމަށް ނިއްވާލަންޖެހޭ ގަޑިތަކުގައި ކަރަންޓު ކެނޑޭ ހާލަތްތަކާއި އަދި އެކި މަސައްކަތްތައް މެދުކަނޑާލަންޖެހޭކަން ކައުންސިލުން ފާހަގަކުރައްވައެވެ.އެހެންކަމުން މިފަހަރު ލިބުނު ޖަނަރޭޓަރާ އެކު ކަރަންޓް ކެޕޭސިޓީ އިތުރަށް ރަނގަޅުވެގެން ދާނެކަމަށް މަޑުއްވަރީ ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ