މިދިޔަ ހަފްތާގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަޙައްދުގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކާ ގުޅިގެން، 559,879 އަށްވުރެ ގިނަ ރުފިޔާގެ ފައިސާއާއި ތަކެތި ހޯދިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ މި ތަކެއްޗާއި ފައިސާ ހޯދާފައިވަނީ 2026 އޭޕްރީލް 26 އިން މޭ 2 ގެ ނިޔަލަށްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާގެ އިތުރުން، ފޭރިގެންފައިވާ ނުވަތަ ވަގަށް ނަގާފައިވާ ތަކެތީގެ އަންދާޒާ ކުރެވޭ އަގު ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުން މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން 278,910 ރުފިޔާ ހޯދާފައިވެއެވެ. އަދި މާފަންނު ޕޮލިސް ސްޓޭޝަނުން 184,800 ރުފިޔާ ހޯދާފައިވާއިރު، ހެންވޭރު ޕޮލިސް ސްޓޭޝަނުން 94,169 ރުފިޔާ ހޯދާފައިވާކަމަށާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނުންވެސް 2,000 ވަނީ ރުފިޔާ ހޯދާފައިކަމަށެވެ.
މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ފައިސާއާއި ތަކެތި ހޯދާފައިވަނީ އާންމުން ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ހިންގި ތަހުގީގުތަކުގެ ތެރެއިންކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސްކޭމްގެ މައްސަލަތަކާއި ފޭރުމުގެ މައްސަތައް ރިޕޯޓްކުރާވަރު އިތުރުވަމުންދާތީ އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ފުލުހުން ވަނީ އެފަދަކަން ކަމަށް ސަމާލުވުމަށް އިލްތިމާސްކުރަށްވާފައެވެ. އަދި މިގޮތަށް މީހުން މިފަދަ މަޅިތަކުގައި ޖެއްސުމަށް ސްކޭމަރުން ބޭނުންކުރާ މަންސަތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރަށްވާފައެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ ފަސްލައްކަ ރުފިޔާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ