ޒިންމާދާރުވުމުގެ ބަދަލުގައި މި ސަރުކާރުން އިހްތިޔާރުކުރީ ނޫސްވެރިންނަށް ބިރު ދެއްކުން ކަމަށ ްއިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޑް ބޯޑާސް އިން ކޮންމެ އަހަރެއްގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ ’ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގެ މި އަހަރުގެ ރިޕޯޓުގައި ރިޕޯޓުގައި މި އަހަރު ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 4 ދަރަޖަ ދަށް ވަނައެކެވެ.
އެކަން ފާހަގަކޮށް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ މިވަނީ ހިތާމަވެރި ހަރުފަތަކަށް ވެއްޓިފައި ކަމަށެވެ. އެގޮތުން ދެފުށް ފެންނަ ސިޔާސަތުގެ ބަދަލުގައި ބިރުދެއްކުން އިސްކޮށްފައިވާ ސަރުކާރެއްގެ ދަށުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 108 ވަނައަށް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
”މީޑިއާ ހަނިކުރާ ގާނޫނުތަކުން ފެށިގެން ނޫސް އިދާރާތަކަށް ފުލުހުން ވަނުމާ ހަމައަށް، މި ސަރުކާރުން އިހުތިޔާރުކޮށްފައިވަނީ ޖަވާބުދާރީވުމުގެ ބަދަލުގައި ބިރުވެރިކަން ފެތުރުން،“ ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން ތިބޭނީ މީޑިއާ އާއެކު ފުރިހަމަ ސާބިތުކަންމަތީގައިކަން ފާހަގަކޮށް ޝާހިދު ވަނީ ނޫސްވެރިންނަށް ބިރުދެއްކުމާއި ގޯނާކުރުމާއި ނޫސްވެރިންގެ މަސައްކަތް ކުށަކަށް ހެދުން ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.
ޒިންމާދަރުވުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާރު ކުރީ ނޫސްވެރިިންނަށް ބިރު ދެއްކުން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ