ރާއްޖޭގެ ޑޮލަރުގެ ކަޅުބާޒާރުގެ އެންމެ ބޮޑު އެއް ވައިބަރ ގްރޫޕް ބްލޮކްކޮށްފި

މި ގްރޫޕަކީ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރު ދުވަހުން ދުވަހަށް ބަލައި ޑޮލަރު ގަނެ ވިއްކުމަށް ގިނަ ބަޔަކު ބޭނުންކުރަމުން އައި މައިގަނޑު ވަސީލަތެކެވެ. ގްރޫޕްގައި ހިއްސާކުރާ މެސެޖްތަކަށް ބަލާއިރު، ކޮންމެ ދުވަހަކު ވެސް އެތައް ލައްކަ ޑޮލަރެއްގެ މުއާމަލާތް މި ގްރޫޕް މެދުވެރިކޮށް ހިންގައެވެ. މީގެ ތެރޭގައި ޑޮލަރު ވިއްކާ އަގާއި އަދަދު ހިމެނޭހެން ޕޯސްޓްތައް ޖެހުމާއި، ޑޮލަރު ގަންނަން ބޭނުންވާ ފަރާތްތަކުން އަގު ހުށަހެޅުން ހިމެނެއެވެ.
ރާއްޖޭގެ ރަސްމީ ބޭންކިންގ ނިޒާމުން ޑޮލަރު ލިބުމަށް ހުރި ދަތިތަކާ އެކު، ކަޅު ބާޒާރުގެ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. 'ކަރަންސީ އެކްސްޗޭންޖް އެމްވީ' ބްލޮކްކުރި ނަމަވެސް، މިފަދަ އެހެން ގްރޫޕްތައް އަދިވެސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މި ފިޔަވަޅަކީ ކަޅު ބާޒާރު އެއްކޮށް ހުއްޓުވުމަށް އެޅުނު ފިޔަވަޅަކަށް ވުރެ ބޮޑަށް، ގަވާއިދާ ހިލާފު މުއާމަލާތްތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ