ދާރުލްއާސާރު ހޮނިހިރު ދުވަހުވެސް ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް އެތަނަަށް ޒިޔާރަތްކުރުމަށް އޮންނަ ފުރުސަތު އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށާއި، އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ހޮނިހިރު ދުވަހު ދާރުލްއާސާރު ހުޅުވަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނަ ވަގުތު ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ނުވަތަ 10:00 އަށް އިތުރުކުރުމަށް ވިސްނަވަމުންދާ ކަމަށާއި، އެކަމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުވެސް ދާރުލްއާސާރު ހުޅުވާގޮތަށް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ