ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން ވޮކޭޝަނަލް އެޑިއުކޭޝަން ލެބަކާއި ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި

މިދިޔަ އަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށް، އެ މަރުކަޒުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ. މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ހުނަރުތަކާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ތަމުރީނު ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީކޮށް، އެ މަރުކަޒުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކުރުން -- ފޮޓޯ/ ބީއެމްއެލް މި ޕްރޮޖެކްޓްގެ ދަށުން އަލަށް ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޚާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީކުރި ޒަމާނީ ވޮކޭޝަނަލް ލެބްގެ ތެރެއިން... މީގެ އިތުރުން، ފޭލި ޖަމިއްޔާއިން ވަނީ އެ ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށް، މުހިންމު ވަސީލަތްތަކެއް އިތުރުކޮށްފައެވެ. އެގޮތުން، މި ލެބްގައި ކާޕެންޓްރީ ބައެއް ހިމަނައި، ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓް ވަނީ ފޯރުކޮށްދީފައެވެ. އަދި، ފެހުމުގެ ބައިގައި އާ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް ވަނީ ގާއިމުކޮށްފައެވެ. ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީކުރި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯގެ ތެރެއިން... ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ތަމުރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ދަރިވަރުން އަމަލީ މައިދާނަށް ތައްޔާރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީކުރި ޒަމާނީ ވޮކޭޝަނަލް ލެބްގެ ތެރެއިން... ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް މުޖުތަމަޢުގެ ކުރިއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުވާލާ ގްރާންޓެކެވެ. ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތަރައްގީކުރި ޒަމާނީ ވޮކޭޝަނަލް ލެބްގެ ތެރެއިން... މި ގްރާންޓުން ހޮވޭ ފަސް ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް ބޭންކުގެ ފަރާތުން 200,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ