އުރީދޫ އެއާ ފައިބާއާއެކު، އާ ފްލެޓަށް ބަދަލު ވާއިރު ވަގުތުން ވައިފައި ލިބޭނެ

އުރީދޫން އަންނަނީ އުރީދޫ އެއާ ފައިބަރު މެދުވެރިކޮށް، ރާއްޖޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އާ އުސްމިންތަކެއް ހާސިލްކުރަމުންނެވެ. ފްލެކްސިބިލިޓީއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ އެއާ ފައިބަރަކީ، އިންޓަނެޓްގެ ވަސީލަތްތަކުގައި ހުންނަ ދަތިތަކާއި ލަސްތަކާ ނުލައި، ވަގުތުން ހައި-ޕާފޯމަންސް ވައިފައި ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ހައްލެވެ. އުރީދޫން ބުނި ގޮތުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި އެފްޑީސީ ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް މި ޚިދުމަތަކީ ވަރަށް ބޮޑު ލުޔެކެވެ. އެފަދަ ތަންތަނުގައި ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ ޚިދުމަތް ލިބުން މުހިންމުވާއިރު، އުރީދޫ އެއާ ފައިބަރުގެ އެހީގައި، އާ ގެތަކަށް ބަދަލުވާ ފަރާތްތަކަށް ވަގުތުން އިންޓަނެޓްގެ ޚިދުމަތް ލިބި، ދިރިއުޅުމަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ގޭގައި އޮފީސް މަސައްކަތް ކުރުމަށާއި ސްމާޓް ޑިވައިސްތައް ގުޅުމަށާއި އާއިލާއާ ގުޅުން ބަދަހިކޮށް ބެހެއްޓުމަށް އެއާ ފައިބަރުން އެހީތެރިވެދެއެވެ. އުރީދޫގެ ކުރިއަރާފައިވާ ފައިވް ޖީ ނެޓްވޯކް މެދުވެރިކޮށް 100 އެމްބީޕީއެސްއިން ފެށިގެން މަތީ ސްޕީޑްތަކުގައި ލިބޭ މި ޚިދުމަތަކީ، މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ބޭނުންވާ ފުރިހަމަ ހައްލެއް ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން އެ ކުންފުނިން ބުނީ، ހައި ޑެފިނިޝަންގައި ވީޑިއޯ ބެލުމަށާއި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުމަށާއި ތައުލީމީ ޕްލެޓްފޯމްތައް ބޭނުންކުރުމަށާއި ގޭމިން ފަދަ ކަންކަމަށް މި ޚިދުމަތް ވަރަށް ފުރިހަމަ ކަމަށެވެ. އެއްފަހަރާ އެތައް ޑިވައިސްއެއް ގުޅައިގެން މެދުކެނޑުމެއްނެތި މި ޚިދުމަތް ބޭނުން ކުރެވޭނެކަން އުރީދޫން ފާހަގަކުރެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެއާ ފައިބާ ފާހަގަކުރެވެނީ އޭގެ ފްލެކްސިބިލިޓީއާއި އަގުގެ ގޮތުން ލިބޭ ފައިދާތަކުންނެވެ. އެގޮތުން އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކާއި ހިލޭ ލިބޭ ޑިވައިސްއާއެކު، ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ހައި-ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. ޑިޖިޓަލް ބޭނުންތައް އިތުރުވަމުން އަންނަ މި ދުވަސްވަރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންނަށް ދިރިއުޅުމުގެ ކަންކަމާއި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ހައްލުތައް ފޯރުކޮށްދިނުމަށް ކަމަށް އުރީދޫން ބުންޏެވެ. އެއާ ފައިބާއަކީ މި ތަސައްވުރުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ގޭބިސީތަކަށް ހަލުވި، ފްލެކްސިބަލް، ޒަމާނީ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ވަސީލަތެކެވެ. އެއާ ފައިބާގެ ޚިދުމަތަށް އުރީދޫ އެއާ މެދުވެރިކޮށް އެދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ