ފާއިތުވި 24 ގަޑިއިރު ތެރޭ އިސްރާއީލްގެ ހަމަލާތަކުގައި ލުބުނާނުން 41 މަރު

އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 41 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ މުރާސިލުން ބުނާ ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އޮތީ ހަމައެކަނި ނަމެއްގައެވެ. އދ. އަށް ޗައިނާއިން ކަނޑައަޅާފައި ހުންނަ ސަފީރު ފޫ ކޮންގް ވިދާޅުވީ، ހަގީގީ ސީޒްފަޔަރއެއް ނެތް ކަމަށާއި އޮތީ "އަލިފާންގަނޑެއް" ކަމަށެވެ. އޭނާ ވަނީ ލުބުނާނަށް ދެމުންދާ ބޮން އެޅުމުގެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ