ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން އިތުރު މަސައްކަތްތަކެއް ކުރުމަށް މިއަދުން ފެށިގެން ވަކި ވަގުތުތަކެއްގައި އެ ޕާކު ބަންދުކުރާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް މިދިޔަ އޮގަސްޓު މަހު ވެސް އެ ޕާކު ބަންދުކުރި އެވެ. އޭގެ ފަހުން ޕާކު ހުޅުވީ މިދިޔަ ފިތުރު އީދުގަ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 6 އިން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ޕާކު ސަރަހައްދު އާންމުންނަށް ވަގުތީ ގޮތުން ބަންދުވާނެ ކަމަށާއި މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތަފްސީލް - ސަލްޓަން ޕާކުގައި އިތުރު ވަސީލަތްތަކާ އެކު ތަރައްގީކޮށް ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެންނެވެ. ނަމަވެސް އެ ތަން އެކަށީގެންވާ ގޮތަށް ނުބެލެހެއްޓި އޮތީ ވީރާނާވާން ފަށައިފަ އެވެ.
ޕާކު އަލުން ތަރައްގީ ކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އެ މަނިކުފާނުގެ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ގެނެސްދިން އެޕިސޯޑުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުންފުޅަކީ މާލޭގެ ސަލްޓަން ޕާކު ވަރަށް ޝައުގުވެރިކުރުވަނިވި ގޮތަކަށް އަލުން ތަރައްގީ ކުރުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަލްޓަން ޕާކަކީ ބޮޑެތި ގިނަ ގަސްތަކެއް ހުންނަ ތަނަކަށް ވުމުން، އަލުން އެ ތަން ހަދާނީ އެއް ގަހުން އަނެއް ގަހަށް ވެސް ދެވޭ ގޮތަށް، މަތީގައި ބައިތަކެއް ހިމަނައިގެން ކަމަށެވެ. ރައީސް އެ މާނަކުރެއްވީ ކޮންމެވެސް ކަހަލަ ބްރިޖަކުން އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ކަމަށް ބެލެވެ އެވެ.
"މިއީ ހަމައެކަނި ކުޑަކުދިންނަކަށް ނޫން. ބޮޑެތި މީހުންނާއި ޒުވާނުންނަށް ވެސް އެންޖޯއީ ކުރެވޭ ގޮތަށް، އެޑްވެންޗަރަސް ތަނެއްގެ ގޮތުގައި ދެން ތަރައްގީކުރާނީ،" ރައީސް ވިދާޅުވި އެވެ.
މަރާމާތަށް ސަލްޓަން ޕާކު އަނެއްކާވެސް ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ