މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން މާލެއަށް ބަދަލުކޮށް އަހަރުވެފައިވާ ފަރާތްތަކަށް އޮތް އުސޫލަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންވަނީ ބަދަލެއް ގެނެސްފައެވެ. މިގޮތުން މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިނަމަވެސް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ އެޕްލައި ކުރެވޭނެހެން އެވުޒާރާއިން ވަނީ ފޯމަށް ބަދަލު ގެނެސްފައެވެ.
އެވުޒާރާއިން އާންމުކުރި ޢިއުލާނެއްގައި ވިދާޅުވީ، "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީޚު އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ، ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުޞަތެކެވެ. ދެން ހިމެނެނީ، ސަރުކާރުން ހިންގާފަވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.
ސަރުކާރުން މިހާރުވަނީ، ސަރުކާރުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ"ގެ ޚާއްޞަ ސްކީމަށް އިތުރު ކެޓަގަރީއެއް އިތުރުކޮށްފައެވެ. އެގޮތުން ކެޓެގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ. އެއީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.
ރަށްވެހިކަން މާލެއަށް ބަދަލުކުރިތާ އަހަރު ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ