މާލޭގައި ރަށްވެހިވިތާ އަހަަރު ހަމަނުވިޔަސް ގޯއްޗާއި ފްލެެޓަށް ކުރިމަތިލެވޭ ގޮތަށް ހަދައިފި

މާލޭގައި ރަށްވެހިވިތާ 1 އަހަަރު ހަމަނުވިޔަސް ގޯއްޗާއި ފްލެެޓަށް ކުރިމަތިލެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'ބޯހިޔާވަހިކަން އެންމެނަށް'ގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، އެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު ބުނީ މާލޭގައި 1 އަހަރަށް ވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުން މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަރަގީއަށް ޝަރުތު ހަމަވާ ނަމަ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިއާ އެކު، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހެއްކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީހު އެނގޭނެ ލިޔުމެއް އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހެ އެވެ.
ހައުސިން މިނިސްޓްރީން ގެންދަނީ ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ޝަރުތުތަކަށް ބަދަލުތައް ގެންނަމުންނެވެ. ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބޭނެ އިތުރު ކެޓަގަރީތައް ވެސް ސްކީމު އިއުލާނު ކުރި ފަހުން ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
މި ސްކީމުތަކުގެ ދަށުން:
ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ޖުމްލަ 15،000 ގޯތި ދޫކުރާނެ
ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ
ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ؛ އޭގެ ތެރޭގައި، މާލޭ ރަށްވެހިންނަށް ހާއްސަ 10،000 ގޯތި އަދި 4،000 ފްލެޓު ހިމެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ