މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި)ން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފި އެވެ.
ތަފްސީލް - މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްތަކާއި އުފެއްދުންތެރިކަން ކުރިއަރުވައި ޒަމާނީ ވަސީލަތްތަކާ އެކު ތަމްރީނު ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.
އެ ސްކޫލުގައި ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާ އެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގަ އެވެ. މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ މި ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިން ލެބް އިތުރަށް ތަރައްގީކޮށްދީފަ އެވެ. އެގޮތުން:
މި ތަނުގައި ކާޕެންޓްރީ ބައެއް ހިމެނި
އެ ތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓް ވެސް ހިމަނައިގެން
މި ލެބްގައި ފެހުމުގެ ބައެއް ތަރައްގީކުރި؛ އެ ތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެން
ފާހަގަކޮށްލެވޭ - ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަޔްތަކަށް މުޖުތަމައުގެ ކުރއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ.
މި ގްރާންޓުން ހޮވޭ 5 ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000ރ.ގެ އެހީ ބޭންކުން ފޯރުކޮށްދެ އެވެ.
ބީއެމްއެލް ފަންޑުގެ އެހީގައި ބ. އަތޮޅުގައި ތަމްރީނުދޭނެ ތަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ