ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހިންގުން ވަގުތީ ގޮތުން، އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލުކޮށްފިއެވެ.
ސީއެމްޑީއޭގެ ހިންގުން ޑެޕިއުޓީ ސީއީއޯ ފާތިމަތު އަބްދުﷲ ކާމާލުއްދީންއާ ހަވާލުކޮށްފައިވަނީ އެ އެތޮރިޓީގެ ސީއީއޯގެ މަޤާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ސީއެމްޑީއޭއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު ދަށުން އައު ސީއީއޯއެއް އައްޔަން ކުރެވެދެން ސީއެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ސީއީއޯ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ސީއެމްޑީއޭ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން އެ މަޤާމާއި ހަވާލުވީ 2021 ވަނަ އަހަރު ޖުލައި މަހުއެވެ.
ސީއެމްޑީއޭގެ ސީއީއޯ މަޤާމައް ބޭފުޅަކު އައްޔަން ކުރައްވާނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު ދަށުން އެއިދާރާގެ ޑިރެކްޓަރުންގެ ބޯޑުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.
ސީއެމްޑީއޭގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ސީއީއޯއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ