މިއަދު ސުކޫކު ދައްކަން ޖެހުނަސް ޕޭކުރެވޭ ވަރަށް ފައިސާ އެބަހުރި: ރައީސް
"މިއަދު ސުކޫކު ދައްކަން ޖެހުނަސް ޕޭކުރެވޭ ވަރަށް ފައިސާ އެބަހުރި ކަމަށާއި ކަމަށް ރައީސް މުހައްމަދު މުއިއްުޒު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ސަރުކާރުގެ އަތުގައި ހުރި ޑޮލަރުގެ ތަފުސީލުތައް ދެއްވަމުން މުއިއްޒު ވިދާޅުވީ 650 މިލިއަން ޑޮލަރުގެ ތެރެއިން 320 މިލިއަން ޑޮލަރު ހުރީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގަ އެވެ. ބާކީ ފައިސާއަކީ ޔޫސަބަލް ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ އެވެ."މިއަދު ސުކޫކު ދައްކަން ޖެހުނަސް ޕޭކުރެވޭ ވަރަށް ފައިސާ އެބަހުރި. މިއަދު، މިހާރު ޕޭކުރަން ޖެހުނަސް ޕޭކުރެވޭ ވަރަށް ފައިސާ އެބަހުރި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ރައީސް ވަނީ ސްކޫކް ދައްކަން އެއްކޮށްފައިވާ ކަމަށް ވިދާޅުވި 650 މިލިއަން ޑޮލަރުގެ ތަފްސީލް ވެސް ދެއްވައިފަ އެވެ. އެގޮތުން ވިދާޅުވީ: އެސްޑީއެފްގައި - 320 މިލިއަން ޑޮލަރު ބޭނުންކުރެވޭ ރިޒާވްގައި - 330 މިލިއަން ޑޮލަރު އެބަހުރި"8 އެޕްރީލްއަށް އެ ފައިސާ އަޅުގަނޑުމެން ދައްކާނަން. އަޅުގަނޑުމެން މިވަނީ މިއަދުން މިއަދަށް ވެސް މިހާރު ވެސް ސްކޫކް ދެއްކޭ ވަރަށް ތައްޔާރުވެފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރިޒާވް ރަނގަޅަށް ހުރުމުގެ ސަބަބުން މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގެ އަސަރުތައް ކުޑަކުރަން ވެސް އެހީއަކަށް ފަސޭހައަކަށްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ