އައްޑޫގެ މަގުތައް ގަރާޖުތަކުގެ ބަޔަކަށް, ކަމާއި ބެހޭ އިދާރާތައް ‘ލޯމަރާލައިގެން’ ގަމުގެ އެފްއެސްއެމް ޝެޑަށް ދާ މަގު ހަލާކުވެ، ދުއްވާ މީހުންނަށް ބިރުވެރިކަމެއް! ޢަބްދުލްޢަޒީޒު މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާގެ މެސެޖެއް އުތުރާއި މެދުރާއްޖެތެރ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރާ ޖަލްސާ މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލިސް ޗުއްޓީއަށް ނުގޮސް, ދައުރު ދަންމާލާފައި އޮތީ ވެސް މި މައްސަލައަށް ގޮތެއް ނިންމުމަށްކަމުގައި ވާއިރު ނާޒިމް ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށްފައި އޮތީ މިއަދު 9:00 އަށެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13ވަނަ ދުވަހު އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކޮށް މި މަހުގެ 14ގައި ވަނީ، ނާޒިމް ވަކިކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.
ނާޒިމް މަގާމުން ވަކިކުރަން ނިންމި ގަރާރުގައިވަނީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ