ދިވެހިން އެންމެ ރުހެނީ ސައުދީ އާއި ޗައިނާ؛ އެންމެ ނުރުހެނީ އެމެރިކާއާ: ދިރާސާ

ދިވެހިން އެންމެ ރުހޭ ގައުމަކީ ސައުދީ އަރަބިއްޔާ ކަމަށާއި އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ބާނި ސެންޓާ ފޮ އިންޓަނޭޝަނަލް ޕޮލިސީއިން 23 ނޮވެމްބަރުން 1 ޑިސެމްބަރު 2025ގެ ނިޔަލަށް ކުރިއަށްގެންދިޔަ ދިރާސާއެކެވެ.
ތަފްސީލު - އެ ދިރާސާގައި ނަތީޖާގެ ބޭނުމަށް ކުރި ސުވާލުގައި ދީފައިވަނީ 8 ގައުމުގެ ލިސްޓެކެވެ. އަދި އޭގެ ތެރެއިން ކޮންމެ ގައުމަކަށް 0-10އާ ދެމެދުން ސްކޯ ކުރަން ބުނެ އެވެ.
ދިރާސާގެ ބައިވެރިން އެ ލިސްޓުގައިވާ ގައުމުތަކަށް ޕޮއިންޓު ދިން ގޮތަކީ:
ސައުދީ އަރަބިއްޔާ - 6.9
ޗައިނާ - 6.9
އިންޑިއާ - 6.2
ރަޝިއާ - 5.2
އޮސްޓްރޭލިއާ - 4.9
ޔޫކޭ - 4.3
ޔޫކްރެއިން - 3.9
އެމެރިކާ - 3.5
ފުލުގައި އޮތް އެމެރިކާއަށް ވޯޓު ދިނުމުގައި އެންމެ ދަށް ނަތީޖާތަކެއް ދީފައިވަނީ އުމުރުން 55 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން، އެ އުމުރުފުރާއިން ގިނަ މީހުން 2.5 ޕޮއިންޓު ދިންއިރު، 18-24 އަހަރާ ދެމެދުގެ މީހުން ދިނީ 5 އެވެ.
ހުޅަނގުގެ އެހެން ގައުމުތަކަށް ވެސް މަތިން ޕޮއިންޓު ދީފައިވަނީ ޒުވާނުންނެވެ. އަދި ސައުދީ އަރަބިއްޔާ އާއި ޗައިނާއަށް ޖުމްލަކޮށް ހުރިހާ އުމުރުފުރާތަކުން ވެސް ޕޮއިންޓު ދީފައިވަނީ މަތިންނެވެ.
ނަމަވެސް އެއާ ހިލާފަށް އިންޑިއާއަށް ގިނަ ޕޮއިންޓު ދީފައިވަނީ 35 އަހަރުން މަތީގެ މީހުންނެވެ. އަދި 35 އަހަރުން ދަށުގެ މީހުން ޕޮއިންޓު ދީފައިވަނީ މަދުންނެވެ.
އެނގުން މުހިންމު - ފޯން ކޯލު މެދުވެރިކޮށް ކުރިއަށްގެންދިޔަ އެ ދިރާސާއަށް ޖަވާބު ލިބުނީ، ބާނި ސެންޓަރުން ބުނި ގޮތުގައި 391 މީހުންގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ