ބާސެލޯނާ (މާޗް 1) - ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 4-1 އިން ބާސެލޯނާ މޮޅުވި މެޗުގައި، އެ ޓީމުގެ ޒުވާން ތަރި، ލަމީން ޔަމާލް، ކެރިއަރުގައި ފުރަތަމަ ފަހަރަށް ހެޓްރިކެއް ހަދައިފި އެވެ.
މި މޮޅާ އެކު، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގީ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެ ގޮތުން، ބާސެލޯނާ އަށް 26 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް 25 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރެއްގައި އޮތް ވިޔަރެއާލަށް 26 މެޗުން 51 ޕޮއިންޓް ވަނީ ލިބިފަ އެެވެ.
ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ދެ ފުރުސަތެއްގެ ބޭނުންހިފައި، ފުރަތަމަ ހާފުގައި، އުމުރުން 18 އަހަރުގެ ޔަމާލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ ޕާޕޭ ގޭއި ވަނީ ލަނޑެއް ޖަހައި، ވިޔަރެއާލަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ 69 ވަނަ މިނިޓްގައި ޔަމާލް ވަނީ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޔަމާލް، ހެޓްރިކް ހެދީ އުމުރުން 18 އަހަރާއި 230 ދުވަހުން ކަމަށްވާއިރު، ޔަމާލަކީ، ސްޓެޓިސްޓިކްސް ނަގަން ފެށި ފަހުން ސްޕެނިޝް ލީގުގައި ހެޓްރިކެއް ހެދި އެންމެ ހަގު ކުޅުންތެރިޔާ އެވެ.
ބާސެލޯނާގެ ފަަހު ލަނޑު ޖެހީ އިތުރު ވަގުތުގައި ރޮބަޓް ލެވަންޑޯސްކީ އެވެ.
ޔަމާލްގެ ކެރިއަރުގައި ފުރަަތަމަ ހެޓްރިކް ޔަމާލްގެ ކެރިއަރުގައި ފުރަަތަމަ ހެޓްރިކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ