ރައީސް މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހެޅިފައި އޮތްކަން ބުނަން ވެސް އެ ކޮމިޝަނުން އިންކާރުކޮށްފި އެވެ.
މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފެބްރުއަރީ 26 ވަނަ ދުވަހު އަދަދު ނޫހުގެ ފަރާތުން އޭސީސީއަށް ފޮނުވީ ދެ ސުވާލެކެވެ. އެއީ؛
ނަމަވެސް މި މައުލޫމާތު ދޫކުރެވެން ނެތް ކަމަށް އޭސީސީން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު 24 މާއްދާގެ (ހ) އަށް ރިޔާއަތްކޮށެވެ.
އެ މާއްދާގައި ބުނަނީ ގާނޫނީ ގޮތުން ހިންގާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް "ގާނޫނީ އިމްތިޔާޒް" ލިބިގެންވާ މައުލޫމާތެއް ނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވާ ކަމަށެވެ.
ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މުޅި ގާނޫނު ފަރުމާކޮށްފައިވަނީ އާންމު މަސްލަހަތު ހިމެނޭ މައުލޫމާތު ދޫކުރަންޖެހޭ ގޮތަށެވެ.
ގާނޫނުގެ 20 ވަނަ މާއްދާ ބުނާގޮތުން، އެހެން މާއްދާއަކުން މައުލޫމާތު ހިފެހެއްޓުމުގެ ބާރު ލިބިދީފައި އޮތަސް، އާންމު މަސްލަހަތު ބޮޑު ކަންކަމުގައި މައުލޫމާތު ހާމަކުރުން ލާޒިމެވެ.
މީގެ އިތުރުން، މައުލޫމާތު ހާމަކުރުމުން އިދާރާގެ އިތުބާރު ކުޑަވެދާނެތީ ނުވަތަ ޖަވާބުދާރީވާން އުނދަގޫވެދާނެތީ މައުލޫމާތު ހިފެހެއްޓުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ވެސް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މި މައުލޫމާތު ނުދޭން އޭސީސީން ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އަދަދު ނޫހުން ވަނީ ހުށަހަޅައިފަ އެވެ. މުރާޖައާ ކޮމިޓީން އެ މައުލޫމާތު ދޫނުކޮށްފި ނަމަ ދެން އޮންނާނެ މަރުހަލާއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިސްތިއުނާފު ކުރުމެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ އާންމު މަސްލަހަތާއި ގާނޫނީ ހަމަތަކަށް ރިއާޔަތްކޮށް، މައުލޫމާތު ހާމަކުރަން އަމުރުކުރުގެ ބާރު ލިބިގެންވާ ފަރާތެކެވެ.
ދައުލަތުގެ އެންމެ މަތީ ވެރިޔާއާ ގުޅުންހުރި މިފަދަ މައުލޫމާތުތަކަކީ ރައްޔިތުންނަށް އެނގެންޖެހޭ އަސާސީ މައުލޫމާތެކެވެ. އަދި އާންމު މަސްލަހަތު އޮތް ކަމެކެވެ.
ހައުސިން މިނިސްޓަރަކަށް އަދި މާލޭގެ މޭޔަރުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު ހިންގި ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ މައްސަލަ ކުރިން އޭސީސީން ބަލަމުން ދިޔަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ މައުލޫމާތެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
މުއިއްޒުއާ ގުޅޭ މައްސަލައެއް ހުށަހެޅިފައި އޮތްކަން ބުނަން ވެސް އޭސީސީން އިންކާރުކޮށްފި މުއިއްޒުއާ ގުޅޭ މައްސަލައެއް ހުށަހެޅިފައި އޮތްކަން ބުނަން ވެސް އޭސީސީން އިންކާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ