ބައިނަލްއަގްވާމީ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ދެއްވި މެސެޖެއްގައި، ބޭހަށް ނުގުޑާ ބަލިތައް (އެންޓިމައިކްރޯބިއަލް ރެސިސްޓެންސް) ފަދަ ސިއްހީ ބޮޑެތި ގޮންޖެހުންތަކުން ސަލާމަތްވުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފިއެވެ. އެކަމަނާ ވިދާޅުވީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސައިންސާއި ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ހައްލުތައް މުހިންމު ކަމަށެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، އިންސާނުންގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ދުޅަހެޔޮކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި އަލަށް އުފެދޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި އިލްމު ކުރިއެރުވުމާއި، ސިއްހީ ދިރާސާތަކަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް ހޯދޭ ސިއްހީ ހައްލުތަކަކީ އެތައް މިލިއަން ފުރާނައެއް ސަލާމަތްކޮށްދޭ ކަމެއްކަންވެސް ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ މެސެޖު ނިންމަވާލެއްވީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި ފާގަތި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މުސްތަގުބަލެއް ބިނާކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.
މޫސާ ރަމީޒުގެ އާއިލާއަށާއި ށ. އަތޮޅު ރައްޔިތުންނަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ އަންހެނުންގެ ކަރާމާތާއި އިންސާފު ކަށަވަރުކޮށްދޭން މެޑަމް ސާޖިދާ ގޮވާލައްވައިފި އަންހެންވެރިންގެ ސައްލާ، ފެށުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށް ދެއްވައިފި ދިވެހި ޤ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ