ޓްރަމްޕް ބުނީ ސްޕެއިން ބަސް ދަސްކޮށްގެން ވެނެޒުއޭލާގެ ރައީސްކަމަށް ވާދަކުރާނެ ކަމަށް

ސްޕެއިން ބަސް ދަސްކޮށްގެން ވެނެޒުއޭލާގެ ރައީސްކަމަށް ވާދަކުރާނެ ކަމަށް ޓްރަމްޕް ބުނެފިއެވެ.
ވަރަށް އަވަހަށް ސްޕެއިން ބަސް ދަސްކޮށް, ވެނެޒުއޭލާގެ ރައީސްކަމަށް ވާދަކުރަން ގަސްތުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ. ބަސް ދަސްކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި، ވެނެޒުއޭލާގައި އޭނާއަށް އޮތް ބޮޑު ތަރުހީބާއެކު ރެކޯޑް އަދަދަކަށް ވޯޓު ލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިހާރުވެސް ވެނެޒުއޭލާގެ ތެލުގެ ސިނާއަތުގެ މައްޗަށް އެމެރިކާގެ ބާރު އޮތްއިރު، ޓްރަމްޕް ބުނަނީ އޭނާގެ މި ވިސްނުމަކީ އެމެރިކާގެ ރައީސްކަމަށްފަހު ދެން އެންމެ އެކަށީގެންވާ ފިޔަވަޅު ކަމަށެވެ. މީގެ އިތުރުން އިރާގު ހަނގުރާމައާ ޚިލާފަށް، ވެނެޒުއޭލާގެ ސަރުކާރުގެ އޮނިގަނޑު މުޅިން އުވާނުލައި ހިފެހެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
ޓްރަމްޕްގެ މި އިއުލާނާއެކު ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސުން އާންމުކޮށް އަމަލުކުރާ ގޮތާ މުޅިން ޚިލާފު، އާދަޔާޚިލާފު ނިންމުމެކެވެ. މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އީރާނުގެ މައްސަލައާއި ގްރީންލޭންޑް ބަލައިގަތުމާ ބެހޭގޮތުންވެސް ވާހަކަދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ