ފެނަކައިގެ ޑީ.އެމް.ޑީ މަގާމުން ވަކިކޮށްފި

ފެނަކަ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު އާރިފް މަގާމުން ވަކިކޮށްފިއެވެ.
އާރިފް ފެނަކަ ޑީ.އެމް.ޑީ އަކަށް އައްޔަންކުރީ މިދިޔަ އަހަރު ޖެނުއަރީ 28 ގައެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ ކުންފުނީގެ ޑީ.އެމް.ޑީގެ މަގާމުގައި އާރިފްގެ ކުރިން ހުންނެވި ހުސެއިން ޒުހުރީ ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. 
އިއްޔެ ސަރުކާރުން ވަނީ، ފެނަކަ މެނޭޖިންގ ޑިރެކްޓަރ، ނަޖާހު ހިމެނޭހެން 6 މީހަކު މަގާމުން ވަކިކޮށްފައެވެ. އަދި އެމް.ޕީ.އެލް ގެ ސީއީއޯ، ރިޝްވާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ސަރުކާރުން މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް މިހާތަނަށް ދީފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ