ބީއެމްއެލްގެ ކުޅިވަރު ސްކޮލާޝިޕް ރާޅާއެޅުންތެރިޔާ ސައްޔިދުއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ކުޅިވަރު ސްކޮލާޝިޕް މިފަހަރު ހުނަރުވެރި ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށް ލިބިއްޖެއެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އެންމެ ގާބިލް އެތުލީޓުންނަށް އަމާޒުކޮށްގެން ދޭ މި ފުރުސަތުގެ ދަށުން، ސައްޔިދު އޭނާގެ ތަމްރީނުތައް ކުރިއަށް ގެންދާނީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހިމެނޭ ޗައިނާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި ބާއްވާ މުހިންމު މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތުވެސް އޭނާއަށް ލިބިގެންދާނެއެވެ. ބީއެމްއެލުން ބުނިގޮތުގައި، މި ސްކޮލާޝިޕަކީ ދިވެހި އެތުލީޓުންގެ ހުނަރު މަތީ ފަންތިއަކަށް ގެންގޮސް، ބައިނަލްއަގުވާމީ މައިދާނުގައި ކާމިޔާބީ ހޯދުމަށް އެހީތެރިވުމަށް ދެވޭ ފުރުސަތެކެވެ. އެގޮތުން ތަމްރީނުތަކާއި މުބާރާތްތަކަށް ބޭނުންވާ ހުރިހާ ޚަރަދަކާއި ވަސީލަތްތަކެއް ބޭންކުން ފޯރުކޮށްދޭނެއެވެ. މިހާތަނަށް އަށް އެތުލީޓަކަށް މި ސްކޯލާޝިޕް ފޯރުކޮށްދީފައިވާއިރު، ބޭންކުން ދަނީ ގައުމީ އެކި އެސޯސިއޭޝަންތަކާ ގުޅިގެން ފުޓްބޯޅަ، ފެތުން، ޓެނިސް އަދި ބާސްކެޓު ފަދަ ކުޅިވަރުތައް ކުރިއެރުވުމަށްވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ