ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސް އެޕީލް ޓްރައިބިއުނަލް (ޓީއޭޓީ) ގެ މެމްބަރުކަމަށް އައްޔަންކުރަން ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މި ބޭފުޅުންނަށް ރުހުން ދީފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހުރު ދުވަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލި އެވެ. އެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ މި ބޭފުޅުންނާ އިންޓަވިއުކޮށް، އެންމެ މަތިން މާކްސް ދިން ހަތް ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. މީގެ ތެރެއިން ރުހުން ދީފައިވާ ފަސް ބޭފުޅުންނަކީ:
- ހަސަން ނާސިހު އަހުމަދު، މާވަހި، ސ. ހިތަދޫ
- އުސާމާ މޫސާ ، ޗަމަން. ށ.ކޮމަންޑޫ
- ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ ، ގއ. ނިލަންދޫ
- އާއިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ
މި ފަސް ބޭފުޅުންނަށް ވެސް ރުހުންދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަކިވަކިން ނެގި ވޯޓްތަކުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މި އައްޔަންކުރުންތަކާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ މެމްބަރުން ހަމަވާނެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ފަސް ބޭފުޅަކަށް ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ