ވޭތުވެދިޔަ ދުވަސްތަކާ އަޅައިބަލާއިރު މިރެއާއި މާދަމާ މޫސުން ރަނގަޅުވާނެކަމަށް މެޓުން ލަފާކޮށްފި

ވޭތުވެދިޔަ ދުވަސްތަކާ އަޅައިބަލާއިރު މިރޭއާއި މާދަމާ މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުއްޓާނުލާ ވާރޭ ވެހުމުގެ ސަަބުބުން ބައެއް ރަށްރަށުގައި ފެންބޮޑުވެ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މެޓް އޮފީހުން ބުނި ގޮތުން އެއީ ތޫފާން "ރޯނު"ގެ ސަބަބުން ކުރި ވިއްސާރަ އެކެވެ. އޭރު މެޓު އޮފީހުން ބުނެފައިވަނީ ރޯނު ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާ ކަމަށެވެ. މެޓު އޮފީހުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ މިހާރު ރޯނު ބަންގްލަދޭޝްއާ ހަމައަށް ގޮސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކާ އަޅައިބަލާއިރު މިރެއާ މާދަންވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ. މިރޭ އަށަކުން މާދަމާރޭ އަށަކަށް ލަފާކުރާ މޫސުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ، އަދި ގުގުރުން އެކަށީގެންވޭ. އެހެންހިސާބުހަކަށް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭ. ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެ. ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވޭ. މެޓް އޮފީހުން ބުނީ ކުރިއަށްވުރެ މޫސުން ރަނގަޅުވި ނަމަވެސް އަދިވެސް ކެރީގެ އަސަރު ބައެއް ހިސާބުތަކަށް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ