ކަރަންޓު ކެނޑިފައިވާތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން މާލޭގެ 53 ޕަސެންޓަށް ކަރަންޓު ދީފައިވާއިރު ދެން ހުރި ސަރަހައްދުތަކަށް ދެވޭނެ އިރެއް ނޭނގޭކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ދެން ހުރި ސަރަހައްދުތަކަށް ކަރަންޓު ދެވޭނީ ހުޅުމާލޭގެ ކަރަންޓު ގްރިޑު އޮން ކުރުމުންނެވެ. މިވަގުތު ހުޅުމާލޭ ސްޓެލްކޯ އިންޖީނުގޭގައި އެ ކުންފުނީގެ ޓެކްނީޝަނުންނާ އެކު ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 
"ހުޅުމާލޭގެ އިންޖީނުގެއަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ދަނީ ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން," ސްޓެލްކޯއިން ދާދި ދެންމެއަކު ބުނެފައިވެ އެވެ.  
މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރު އެވެ. މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. މިހާރު އެއާޕޯޓަށް ކަރަންޓު ދީފައިވާއިރު މާލެ އާއި ހުޅުމާލޭގެ ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ވަނީ ދީފަ އެވެ. 
މާލެ އާއި ހުޅުލެ އާއި ހުޅުމާލެއިން މިއަދު ކުއްލި ގޮތަކަށް ކަރަންޓު ދިޔަ މައްސަލަ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ހާއްސަ އިސްކަމެއް ދީގެން ފަށާފަ އެވެ.
    
    މާލޭގެ 53 ޕަސެންޓަށް ކަރަންޓު ދީފި، ދެން ހުރި ސަރަހައްދުތަކަށް ދެވޭނެ އިރެއް ނޭނގޭ މާލޭގެ 53 ޕަސެންޓަށް ކަރަންޓު ދީފި، ދެން ހުރި ސަރަހައްދުތަކަށް ދެވޭނެ އިރެއް ނޭނގޭ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ