އަމާން ދޯދި ފްލެޓެއްގެ 2 ވަނަ ބުރިން ކުއްޖަކު ވެއްޓިގެން ފަރުވާދެނީ

ހުޅުމާލެ ފޭސް 2ގެ އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފި އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ އެކަން ރިޕޯޓްކުރީ ރޭ 11:14 ހާއިރު ކަމަށެވެ.
އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ