ހުޅުމާލޭގެ ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ފްލެޓެއްގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި 5" ގަ އެވެ. އެ ފްލެޓްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 23:14 އެހައިކަންހާއިރު އެވެ.
"އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ