މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނޯވޭއިންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި މާކަސް ޕެޑަރސަން ވަނީ ބާރުގަދަ ހަމަލާއަކުން ލަނޑު ކާމިޔާބުކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މެޗުގެ 47 ވަނަ މިނެޓުގައި ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
ސެނެގޯލުން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުން، 53 ވަނަ މިނެޓުގައި އިސްމާއިލާ ސާ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން، 57 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ނޯވޭއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފަހުކޮޅު ސެނެގޯލުން އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-2 އަށް ބަދަލުކުރި ނަމަވެސް، ނޯވޭއިން ވަނީ ހިތްވަރާއެކު ކުޅެ މެޗުން މޮޅުވެފައެވެ.
ނޯވޭގެ ކުރިއަށް އޮތް މެޗުގައި ބައްދަލުކުރާނީ ފްރާންސާއެވެ. އެ ޓީމުގެ ތަރި ހާލަންޑް މިހާރު ވަނީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ހާލަންޑުގެ ދެ ލަނޑާއެކު ނޯވޭއިން ސެނެގާލް މައިތިރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ