ހެލްތު އިންޝުއަރެންސް ބިލާއި ޕްރީ ސްކޫލް ބިލާއި ނެޝަނަލް އާކައިވް ބިލް މަޖިލީހުން ފާސްކޮށްފި

ހެލްތު އިންޝުއަރެންސް ބިލާއި ޕްރީ ސްކޫލް ބިލާއި ނެޝަނަލް އާކައިވް ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.
ގިނަ އިސްލާހުތަކެއް ހުށަހެޅި، ހެލްތު އިންޝުއަރެންސްގެ ބިލް ފާސްވީ 72 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލްގައި އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ދިނުމާއި ހެލްތު އިންޝުއަރެންސް ދިނުމުގެ އުސޫލްތައް ކަނޑައަޅާފައިވެ އެވެ. މި ބިލަށް 90 އަށް ވުރެ ގިނަ އިސްލާހް ހުށަހެޅި އެވެ.
މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވި ޕްރީ ސްކޫލްގެ ބިލް ފާސްވީ 71 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލްގެ ސަބަބުން ޕްރީ ސްކޫލްތަކުގެ ފެންވަރު ރަނގަޅުވެ، ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތު ހަރުދަނާވެގެންދާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
މި ބިލްގެ އިތުރުން މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް ހުށަހެޅުއްވި ނެޝަނަލް އާކައިވް ބިލް 66 މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
މި ބިލްތަކުގެ އިތުރުން ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އުވާލުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ