މާލޭގެ ބައެއް ސަރަޙައްދުތަކުން ހުކުރު ދުވަހު ހެނދުނު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް: ސްޓެލްކޯ

މާލޭގެ ބައެއް ސަރަޙައްދުތަކުން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓުކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ ހުޅުމާލެ، އަދި ހުޅުލެ އެއްވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެންކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހުކުރު ދުވަހުގެ ހެނދުނު 7:00އިން 9:00 އަށް މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިގަޑިތައް މިހެން ބަޔާން ކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދެވިގެންދާނެ ކަމަށްވެސް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ