ރިޔާސީ ލޯންްޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި މެލޭޝިޔާއިން ހައްޔަރުކުރި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ބޭބެ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ހާމިދުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވަނީ މިދިޔަ އޮކްޓޮބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފަ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު މެލޭޝިއާ އިން ހައްޔަރުކުރި ހާމިދަކީ ގިނަ އަދަދެއްގެ ވިޔަފާރި ކުރާ، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ މެނޭޖިން ޑިރެކްޓަރެވެ.
ހާމިދު ހައްޔަރުކުރީ ޗައިނާގައި ބޭއްވި ދެވަނަ އިންވެސްޓްމަންޓް ފޯރަމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާއި އެކު އެ ގައުމަށް ވަޑައިގެން ފޯރަމް ނިންމަވާލެއްވުމަށްފަހު ސިންގަޕޫރުގައި މަޑުކޮށްލެެއްވުމަށްފަހު މެލޭޝިއާ އަށް ދިޔަ ދުވަހު އެވެ.
ހާމިދު ޗައިނާގައި ހުއްޓާ ފުލުހުން ވަނީ ދެ ފަހަރެއްގެ މަތިން އޭނާގެ ގެ، މ. ޝޫރާމަންޒިލަށް ވަދެ އެގެއިން ބައެއް ތަކެތި ގެންގޮސްފަ އެވެ. ގެންދިޔަ ތަކެތީގެ ތެރޭގައި އެ ގޭގެ ސީސީޓީވީ ފުޓޭޖް ރެކޯޑް ކުރާ ހާޑް ޑިސްކް ވެސް ހިމެނެ އެވެ.
ހާމިދު ސޭޓު ބަންދުގައި ބަހައްޓަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ