ގާސިމް ގެންދިޔައީ ވަގަށްނަގައިގެން – ޖޭޕީ

ފުލުހުން މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދިޔައީ ވަގަށް ނަގައިގެން ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފިއެވެ.
ގާސިމް ހައްޔަރުކުރުމުން ވީޓީވީ އަށް ދިން އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ކުރީ ފަހަރު ގާސިމް ގެންދިޔައީ ވެސް ވަގަށްނަގައިގެން ކަމަށެވެ.
ފުލުހުން ގާސިމް ގެންދިޔައީ ވަގަށްނަގައިގެން ކަމަށް ވިދާޅުވާން ޖެހެނީ އާއިލާ މީހުން ކަންބޮޑުވެފައި ތިއްބާ އާއިލާ އަށް ވެސް ވަކި އެއްޗެއް ނާނގާ ގާސިމް ގެންދިއުމުން ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
ގާސިމް ހައްޔަރުކުރިތާ ކުޑަވަގުތުކޮޅެއް ފަހުން ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ ގާސިމް ހައްޔަރުކުރީ ތަޙްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ގާސިމް ހައްޔަރުކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އޭނާގެ ޤާނޫނީ ވަކީލުން ވެސް އަދި ހާމައެއް ނުކުރެއެވެ.
ގާސިމް ހައްޔަރުކޮށްގެން މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ