މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ބޮޑު ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓު އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ  މިއަދު ހެނދުނު 0700 ފެށިގެން 1100 އާހަމައަށެވެ.
އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވުމާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަނޑުތައް މަޑު ވާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާތީ ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ