މޫސުން ލަފާކުރާ ގޮތް ބެލޭނެ އެޕެއް ލޯންޗްކޮށްފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ފޯރުކޮށްދެމުންދާ މޫސުމާއި ބެހޭ މައުލޫމާތާއި، އިންޒާރުތައް ދިނުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަންއެއް ލޯންޗްކޮށްފިއެވެ.
މިއަދު މެންދުރު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެ އެޕް ލޯންޗްކޮށްދެއްވީ އެންވަޔަރަަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް މޫސުމާއިބެހޭ އެފީހުން ދެމުން ގެންދާ ގިނަ މޫސުމީ މަޢުލޫމާތު އެންޑްރޮއިޑާއި އައި.އޯ.އެސް ބޭނުންކުރައްވާ ފަރާތްތަކަށް ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ލިބިގެންދާނެއެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ ބައެއް މައުލޫމާތުތަކަށް ބަލާއިރު،
• އެ ވަގުތެއްގައި މޫސުން ދައްކުވައިދޭ ގިނަ މަޢުލޫމާތު • އެ ދުވަހެއްގައި ކުރިޔަށް ހުރި ވަގުތު ތަކުގައި މޫސުން ލަފާ ކުރެވޭ ގޮތް ހާމަކޮށްދޭ މަޢުލޫމާތު • ކުރިޔަށް އޮތް ފަސް ދުވަހުގައި މޫސޫމާއި ބެހޭ އޮފީހުން ލަފާ ކުރާ މޫސުން • ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ މި އޮފީހުގެ އޮޓެމެޓިކް ވެދާރ ސްޓޭޝަން ތަކުން އެވަގުތެއްގައި ދައްކުވައިވާ މޫސުމީ ޑޭޓާ • މޫސުމާއި ބެހޭ އޮފީހުން ދެމުންދާ މޫސުމީ އެލާރޓުތަކުގެ މަޢުލޫމާތު • އެންމެ ފަހުގެ ރާޑަރ އަދި ސެޓިލައިޓު ފޮޓޯތަށް • އެންމެ ފަހުގެ ބިން ހެލުމުގެ މަޢުލޫމާތުތަށް • މޫސުމާއި ބެހޭ އޮފީހުން ބޭނުންކުރަމުންދާ ބަސްމަގުތަކާއި އޭގެ މާނަތަށް
މެޓް އޮފީހުން ބުނީ، ޕްެރޮޖެކްޓަކީ އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމު ރައްޔިތުންނާ ހަމަހަށް މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް ކުރެވިގެން ދިޔަ މަސައްކަތެއް ކަމަށެވެ.
އަދި މީގެ ސަބަބުން މި އޮފީހުން މިހާރު ދެމުންގެންދާ އެލާޓުތަށް ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ ކޮމަން އެލާޓިންގ ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަކަށް ބަދަލުވެގެން ގޮސްފައިވާކަމަށް މެޓް އޮފީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ