ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންނެވީ އެދާއިރާގެ ޓިކެޓު އެމަނިކުފާނަށް ދެއްވާނެ ކަމަށް ޕާޓީގެ އިސްފަރާތްތަކުން ޔަގީންކަން ދެއްވުމުންނެވެ.
ސީއެންއެމަށް ޔަގީން ކުރެވިފައިވާ މެމްބަރު ހުސައިން ލަތީފަށް ޖޭޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ ކޯލިޝަނުގެ ފަރާތުން އެދާއިރާގެ ޓިކެޓް ދެއްވާނެކަން ޔަގީން ކޮށްދެއްވާފައެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރު ހުސައިން ލަތީފު ސޮއިކުރެއްވިއިރު، ހުސައިންލަތީފުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އައިޖީއެމްއެޗްގެ އާއިމާރާތަށް ބައެއް އިކުއިޕްމަންޓުސްތައް ސަޕްލައިކޮސްދެމުންދަނީ ބިޑަކާއިނުލައި ކަމަށްބުނެ، އެކަން ހުންޓުވުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީނާއި އެންމެ އަރިސްކޮށް ހުންނެވި މެމްބަރު ހުސައިން ލަތީފު ޖޭޕީއަށް ސޮއިކުރައްވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ހުސައިން ލަތީފު ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ނިމިދިޔަ ވެރިކަމުގައި ސިޔާސީ އެތައް ބަޔަކަށް، މަޖުބޫރީ ހާލަތްތައް މެދުވެރި ކުރުވައިގެން އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކާ އެ މެމްބަރުން ދުރަށް ވަޑައިގަންނަވަން ޖެހުނު ކަމަށް ގާސިމް ވިދާޅުވި އެވެ.
މެމްބަރު ހުސައިން ލަތީފު ޖޭޕީއަށް ވަޑައިގެންނެވީ ޓިކެޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ