ބައްޕައަށް މައުމޫން ކުރި އަނިޔާ އަދިވެސް ހަދާން ނުނެތޭ - މީރާ ނަޝީދު

ކުރީގެ ރައީސް މައުމޫން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރި އަނިޔާ އަދިވެސް ހަނދާން ނުނެތޭ ކަމަށް ނަޝީދުގެ ދަރިކަބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ބޭއްވި އެންޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ނަޝީދަށް މަރުހަބާ ދަންނަވައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އެދި ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި މިރާ ވިދާޅުވީ ބައްޕަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރަކަށް ހޮވުމުން ބައްޕަގެ ގޮޑި ގެއްލުވާލައި ބައްޕަ އަށް މައުމޫނުގެ ވެރިކަގައި ކުރި އަނިޔާ އަދިވެސް ހަނދާން އެބަހުރި ކަމަށެވެ.
"އަދިވެސް ބައްޕަ އަށް ކުރި އަނިޔާ ހަނދާން އެބަހުރި , އޭރު މަޖިލީހުގެ މާލޭގެ މެމްބަރަކަށް ހޮވުމުން ބައްޕަގެ ގޮޑި ގެއްލުވާލައި ބައްޕަ އަށް މައުމޫނުގެ ވެރިކަގައި 700 ފަހަރު ޖަލުގައި އަނިޔާ ކުރި ހަނދާން އެބަހުރި," މީރާ ވިދާޅުވިއެވެ.
މައުމޫނަށް ވަރަށް ބޮޑަށް ފާޑުކިޔާ ކުރެއްވި އިތުރު ޓުވީޓެއްގައި މީރާ ވިދާޅުވީ މައުމޫން އަކީ ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް ބޮޑެތި ޖަރީމާތަށް ހިންގި ބޭފުޅެއް ކަމަށާއި މިހާރު ޓުވީޓު ކުރައްވާ ގޮތުން އޭގެ އެއްވެސް ކަމެއް ހަނދާން ނުހުންނަށް ކަމަށް ހީވާ ކަހަލަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން ސަރުކާރުގައި 1999 ވަނަ އަހަރު ކައިވެނި ބައްލަވައިގަނެގެން މަޖިލީހަށް ކުރިމަތިލެއްވީ މަޖިލިސް މެންބަރަކަށް ވުމުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވައިގެންނެވެ. ނަމަވެސް އެކަން އެހެން ނުވި ކަމަށާއި މަޖިލިސް މެންބަރަކަށް ވުމުން ވެސް ހައްޔަރު ކޮށް އޭގެ އިތުރުން ޤާނޫނާއި ހިލާފަށް 18 ފަހަރު ހައްޔަރު ކުރިކަމަށެވެ. އަދި ދެފަހަރަށް ޖިސްމާނީ އަނިޔާ ކުރިކަމަށެވެ.
މައުމޫން ސަރުކާރުގައި ނަޝީދު ޖަލަށް ގެންދަވައި އަނިޔާ ކުރި އިރު ނަޝީދަށް ލިބިވަޑައިގަތް ހުރިހާ ބޭފުޅުންވެސް ލިބިވަޑައިގެންފައިވަނީ ނަޝީދު ޖަލުގައި ހުންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ