އެޗްޑީސީ "ދޮވެލި" މީހުންގެ މިލްކިއްޔާތުން އެބައި ދައުލަތަށް ނަގަން ޖެހޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިފަދަ ބަސްފުޅެއް ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައި މިވަނީ ރައީސް ޔާމީނުގެ ކެންޕޭނަށް އެޗްޑީސީ އިން އެތައް މިލިއަން ރުފިޔާ ޚަރަދުކުރުމުގެ އިތުރުން ކުންފުނީގެ މުދަލާއި މުވައްޒިފުން ބޭނުންކުރި ކަމުގެ މައްސަލަތަކުގެ އަޑުތައް ގަދަވެފައިވާ ވަގުތެއްގައެވެ. އެކަންކަން އެޗްޑީސީ އިން ކުރަމުން ގެންދިއައިރުވެސް މީޑިއާތަކުން ގެންދިއައީ އެކަންކަން ރައްޔިތުންނާއި ކަމާއިބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ.
ހުޅުމާލޭގެ ފްލެޓްތައް ދޫކޮށްފައިވާ ގޮތް އަލުން ބެލުމަށްވެސް ޝައިޚް ޢަލީ ޒައިދު ވަނީ ގޮވާލައްވައިފައެވެ. ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ފްލެޓްތައް ބަހާފައިވާ ގޮތް އަލުން މުރާޖަޢާކޮށް އިންޞާފުވެރިކަމާއެކު އަލުން ބެހެންވާނެ." ކަމަށެވެ.
އެޗްޑީސީ ''ދޮވެލި'' މީހުންގެ އަތުން އެ ފައިސާ ދައުލަތަށް ނަގަން ޖެހޭނެ: ޝައިޚް ޢަލީ ޒައިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ