އަބްދުﷲ ރިޔާޒް މައިތިރިކޮށް ހުންނަން އެމްޑީޕީގެ ތަރުޖަމާން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި "ތަންކޮޅެއް މައިތިރިކޮށް ހުންނަން" އެމްޑީޕީގެ އިންޓަނޭޝަނަލް ތަރުޖަމާން ހާމިދު އަބްދުލް ގަަފޫރު ގޮވާލައިފިއެވެ.އަދި ތަންކޮޅެއް މައިތިރިކޮށް ހުންނަވަން އަބްދުﷲ ރިޔާޒަށް ހާމިދު އަބްދުލް އަފޫރު އަންގާފައިވަނީ ޕާޓީތަކުން ފޮނުވާހާ މީހަކު އިބޫ ގަބޫލުފުޅު ނުކުރައްވާނެ ކަމަށާއި މަގާމުތަކަށް އައްޔަން ކުރައްވާނީ ގާބިލު މީހާ ކަމަށް ރިޔާޒު ވިދާޅުވުމުންނެވެ.އެޓުވީޓް ކޮށްފައިވަނީވެސް އެކަމާއި ގުޅިގެން އޮންލައިންނަކުން ލިޔެފައިވާ އާޓިކަލްއަށް ޝެއާކުރުމަށްފަހުގައެވެ. ހާމިދުގެ މި ޓްވީޓާއެކު އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިއުންތަށް ވެސް ރިޔާޒަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އެގޮތުން ޖަލުން ނިކުތުމާއި އެކު ބާޣީ ރިޔާޒް ބޭނުން ވަނީ ބާރު ހޯދަން ކަމަށް ބައެއް އެކްޓިވިސްޓުން ވަނީ ބުނެފައެވެ. އިތުރު ޓްވީޓެއްގައި އެމްޑީޕީ ސަޕޯޓަރަކު ވަނީ ކުރީގެ ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހު އަބްދުﷲ ރިޔާޒުގެ ދައުރު އެއްވެސް މީހަކު ހަނދާން ނައްތާނުލުމަށްވެސް ބުނެފައެވެ. ޒިޔާޒުގެ އިތުރުން ހާމިދުއަށް ވެސް ވަރަށްގިނަ ބައެއްގެ ފާޑުކިއުންވެސް އަމާޒުވެފައިވާއިރު ގިނަ ބަޔަކު ބުނެފައިވަނީ ރިޔާޒް އެދައްކަނީ ރަނގަޅު ވާހަކަތަކެއް ކަމަށާއި ހާމިދު ކަހަލަ ރާއްޖެއިން ފިއްލަވައިގެން ހުރި ބޭފުޅަކަށް ރާއްޖޭގެ ކަންތައްތަކާއި ގުޅިގެން ބަސްބުނުމުގެ ހައްގު ނޯންނާނެކަމަށެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ އިދިކޮޅު ކޯލިޝަންގައި އެއްވެސް ކަހަލަ އެއްބައިވަންތަކަން ނެތްކަން ދޭހަކޮށްދޭ ކަމެއްކަމަށެވެ. އަދި އެއީ މާގިނަ ދުވަހު ކޯލިޝަން ދެމި ނުހުންނާނެ ކަމުގެ ހެއްކެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ