މޫސުން ގޯސްވުމުންވެސް ކަންގަނާގެ ފިލްމުގެ ޝޫޓިން ކުރިއަށް

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެ ފަރާތެއްގެ ހުނަރުން އެހެން މީހުން ހައިރާން ކޮށްލި ބަތަލާއެއް ހުރިނަމަ، އެއީ ކަންގަނާ ރަނޯތުއެވެ. އާއިލީ ގޮތުން ހިންދީ ފިލްމުތަކާއި އެއްވެސް ގުޅުމެއް ކަންގަނާ މީހުންގެ މަޤްބޫލްކަން ހޯދީ އަމިއްލަ ހިތްވަރާއި ހުނަރުންނެވެ.ކަންގަނާ މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ބުރަކޮށެވެ. އެގޮތުން އޭނާގެ ފިލްމު މަނިކަރްނިކާ- ދަ ކުއީން އޮފް ޖާންސީގެ މަސައްކަތް ކަންގަނާ ކުރަމުން އަންނައިރު، ޝޫޓިން ކުރިއަށްދަނީ އިންޑިއާގެ ރާޖަސްތާނުގެ ސިޓީއެއްގައެވެ. ބިކާނެރް ސިޓީއަށް މިދުވަސްވަރު ވަރަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ. އަދި ޓެމްޕަރޭޗަރވެސް ވަރަށް ދަށް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް ކަންގަނާ އަދި ފިލްމުގެ ޓީމްގެ މަސައްކަތް ހުއްޓާލާފައެއް ނުވެއެވެ.
ފިލްމު މަނިކަރްނިކާގައި ކަންގަނާ ފެނިގެންދާނެ ގޮތް.
މިވަގުތު ކަންގަނާ ޝޫޓް ކުރަމުން އަންނަ ސަރަހައްދަށް ރަނގަޅަށް މޮބައިލް ކަނެކްޝަންވެސް ނުލިބެއެވެ. ޚަބަރުތައް ބުނާ ގޮތުގައި މޮބައިލް ކަނެކްޝަން ރަނގަޅަށް ލިބެނީ އެއްގަޑިއިރުގެ ދަތުރެއް ކުރުމަށްފަހު، ކައިރީގައި އޮންނަ އެހެން ހިސާބަކަށް ދިއުމުންނެވެ. މަނިކަރްނިކާގެ ޝޫޓިންގެ ތެރޭގައި މީގެ ކުރިން ކަންގަނާއަށް އަނިޔާ ވެފައިވެއެވެ. އެއީ އެކްޝަން ސީންއެއް ކުޅެމުން ދަނިކޮށެވެ. އަބަދުވެސް ތަފާތު ރޯލުތަކުން ފެންނަ ކަންގަނާ، މަނިކަރްނިކާގައިވެސް އޭނާގެ ހުނަރު ދައްކާލާނެ ކަމާމެދު ޝައްކެއް ނެތެވެ.
ކަންގަނާ
ފަތޯނާ ފާއިޒް
0%
0%
0%
0%
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
5 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
7 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
7 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
9 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
9 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
9 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
16 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
7 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
16 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ