މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ވަގުތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނީ މިއަދު މެންދުރު 2:15 ހާއިރު އެ ކޯޓުގެ އެންގުމަކަށް "ކްރިމިނަލް ކޯޓުގެ ބޭނުމަކަށެވެ"
އެނގިފައިވާގޮތުގައި މަައުމޫން ހާޒިރުކުރެވުނީ މިފަހަކަށް އައިސް އޭނާ ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. އަދި މައުމޫން ހަމީދު ކުރިއަށްއޮތް ތަނުގައިވެސް ކްރިމިނަލް ކޯޓަށާއި، ޕީޖީ އަށް ހުތުރުވާގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް އެކޯޓުން ނަސޭހަތްތެރިވެފައިވާކަމަށް ވަގުތަށް މައުލޫމާތު ލިބިފައިވެއެވެ.
މައުމޫން ހަމީދު ވަނީ މިފަހަކަށްއައިސް ސަރުކާރާއި، ޝަރުޢީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މައުމޫން ހަމީދަކީ ކުރީގެ ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
މައުމޫން ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ