ހިޔާ ފްލެޓުތަކުގައި އަޑުގަދަ މަސައްކަތް ހަވީރު 6 ގެ ފަހުން މަނާ

ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފެލެޓްތަކުގެ އެތެރޭގައި އިރުއޮއްސި 6:00ގެ ފަހުން މަސައްކަތް ކުރުން އެޗްޑީސީން މަނާ ކޮށްފިއެވެ.އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާތީ ހަވީރު 6 އިން ހެނދުނު 8 ޖެހުމާ ހަމައަށް އަޑުގަދަވާ ޒާތުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.އެގޮތުން ފްލެޓުތަކުގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށާއި އަދި ފްލެޓުގައި މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓްތަކަށް ދަތިނުވާނެހެން މަސައްކަތް ކުރިއަށްގެންދަން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.ކުރިން އެފަދަ މަސައްކަތް ކުރުން މަނާކޮށްފައި އޮތީ ރޭގަނޑު 10 އިން ހެނދުނު 8 އަށެވެ. އެކަމަކު މިއަދު ގެނައި ބަދަލާއެކު އިރުއޮއްސުމުން އެފަދަ މަސައްކަތްތައް ހުއްޓާލަން ޖެހޭނެ އެވެ. އަދި، އަލުން ފެށޭނީ ހެނދުނު 8 ގެ ފަހުންނެވެ."ފްލެޓުގައި މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓްތަކަށް ދަތި ނުވާނެހެން ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފްލެޓުތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އިލްތިމާސް ކުރަން،" އެޗްޑީސިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.ލިބެން ހުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ނޮވެމްބަރު 2021ގެ ނިޔަލަށް ވެސް ހިޔާ ފްލެޓުގެ 1،000 އެޕާޓްމަންޓުގައި މީހުން ވަނީ ދިރިއުޅެން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ